##siteName##


ރަމަޟާން މަހުގެ ޢަމަލުތަކުގެ ތަރާދު

Category »  ރަމަޟާންމަހުން ދުވަހެއް
Thursday, August 11, 2011
ލިޔުއްވީ : މަރްޔަމް ސިތާރާ

 

 

ޢުމަރުބުނުލް ޚައްޠާބު ވިދާޅުވިއެވެ:

"ޙިސާބު ބެއްލެވުމުގެ ދުވަސް އައުމުގެ ކުރިން ތިޔަބައިމީހުންގެ ނަފްސުތައް ޙިސާބު ކުރާށެވެ. އަދި ހެޔޮޢަމަލްގެ ބަރުދަން ބެއްލެވޭ ދުވަސް އައުމުގެ ކުރިން ޢަމަލްތަކުގެ ބަރުދަން ބަލާށެވެ." (ތިރްމިޒީ)

 
ނަމާދުން އިސްލާހު ކުރަން ބޭނުން ކަންތައް (ކުރަން ކަޑައަޅާފައިވާކަންތަކާއި އެއްގޮތައް ކުރެވުނު ނަމާދުގެ ޢަދަދު ކޮންމެ ހަފުތާއަކު ރިކޯޑު ކުރާށެވެ. މިހާރުގެ ޙާލަތް ހަފްތާ 1 ހަފްތާ 2 ހަފްތާ 3 ހަފްތާ 4 ރޯދަމަސް ނިމޭއިރުގެ
ޙާސިލް ކުރަން
ބޭނުން މިންވަރު
o ބަންގިގޮވަން ވާއިރަށް ނަމާދަށް ތައްޔާރުވެ ވުޟޫކޮށްގެން ހުރުން            
o ޚުޝޫޢަތް ތެރިކަމާއި އެކު ނަމާދު ފުރިހަމަ ކުރުން            
o މާނަ ހިތައް ގެންނަމުން މާނައާއި މެދު ވިސްނަމުން ނަމާދުކުރުން            
o ރުކޫޢާއި ސުޖޫދު ދިގުކޮށް ކުރުން            
o ތިމާގެ އެންމެ ފަހުގެ ނަމާދު ފަދައިން ހުރިހާ ނަމާދެއް ކުރުން            
ކުރަން ބޭނުން ސުންނަތް ނަމާދު ތައް (ކަނޑައަޅާފައިވާ ރަކުޢަތް ތަކުގެ ޢަދަދަށް ކޮންމެ ހަފުތާއަކުވެސް ކުރެވުނު ނަމާދުގެ ޢަދަދު ރެކޯޑު ކުރާށެވެ.            
o ރަވާތިބު ސުންނަތުގެ 12 ރަކުޢަތް ކުރުން            
o ޟުޙާނަމާދުގެ _ ރަކުޢަތް ކުރުން            
o ތަހައްޖުދުނަމާދު ނުވަތަ ޤިޔާމުއްލައިލުގެ _ ރަކުޢަތް ކުރުން            
o ރޭގަނޑު ފަހު ބައިގައި ﷲ އަށް ކުއްތަންވެ ނަމާދުގައި _ ގަޑި އިރު ހޭދަކުރުން
 
           
ޤުރުއާން އާއި ގާތް ގުޅުމެއް އުފެއްދުން (ކަޑައަޅާފައިވާ މިންވަރަށް ކޮންމެ ހަފްތާއަކު ޤުރުއާން ކިޔެވުނު ދުވަސް ތަކުގެ ޢަދަދު ފާހަނގަ ކުރާށެވެ.            
o ޤުރުއާނުން _ ޞަފްޙާ ތިލާވަތް ކުރުން            
o ދުވާލަކު _ އާޔަތް ހިތުން މާނައާއި އެކު ދަސް ކުރުން            
o އާޔަތް ތަކާއި މެދު ވިސްނާފިކުރު ކުރަމުން _ އާޔަތް ކިޔެވުން            
ދުޢާ ކުރުން (ކަޑައަޅަފައިވާ ގަޑިތަކުގައި ހަފުތާއަކު ދުޢާ ކުރެވުނު ޢަދަދު ފާހަނގަކުރާށެވެ.            
o ހެދުނާއި ހަވީރުގެ ޒިކުރުތައް ކުރުން            
o ކޮންމެނަމާދެއްގެ ފަހުގައި ދުޢާކުރަން އިނުން            
o ރޯދަވީއްލާވަގުތު ދުޢާ ކުރުން            
o ﷲ އަށް ބިރުވެތިވެ އެކަނިހުރެ ރުއިން (ގަދަކަމުން ވިޔަސް)            
o ރޭގަނޑު ފަހުބައިގައި ދުޢާ ކުރަން ހޭލާ އިނުން            
ކުރަން އާދަކުރަން ފަށަން ބޭނުންވާ ހެޔޮކަންތައް (ކުރަން ނިންމާފައިވާ ކަންތައް ކޮންމެ ހަފުތާއކު ވެސް ކުރެވުނު ޢަދަދު ފާހަނގަ ކުރާށެވެ.)            
o ގާތްތިމާގެ މީހުންނާއި ގުޅުން ބަދެހިކުރުން            
o އަވަށްޓެރިންނަށް އެހީތެރިވުން            
o އެހެންމީހުންނަށް ލުއި ފަސޭހަކޮށްދިނުން            
o ފަޤީރުންނަށް ހޭދަކުރުން            
o އެހެންމީހުންނަށް ހެޔޮނަޞޭޙަތް ދިނުން            
o މަޢާފު ކުރަން ދިމާވާ ކޮންމެ ފުރުޞަތެއްގައި މަޢާފު ކުރުން            
o ﷲ އަށް ޓަކައި އެކަކު އަނެކަކާއި ބައްދަލު ކުރުން            
o މަސައްކަތުގައި އުޅޭއިރު ﷲ އަށް ޒިކުރު ކުރުމުގައި ދޫތެތް ކޮށް ބެހެއްޓުން (ކުރެވުނު ދުވަސްތަކުގެ ޢަދަދު)            
އިސްލާޙުކުރަން ބޭނުންކަންތައް ( ނުކުރަން ނިންމާފައިވާ ކަންތައް ހަފްތާގެ ތެރޭގައި ކުރެވުނު ޢަދަދު ފާހަނގަ ކުރާށެވެ.            
o ޣީބަ ބުނުމާއި އެއްކޮށް ދުރުހެލިވުން            
o ނެތިމޮށުމާއި އެކޮށް ދުރުހެލިވުން            
o ލޯ ތިރި ކުރުމަށް އާދަ ކުރުން            
o އާޚިރަތައް ފައިދާނުކުރާ ބޭކާރު ވާހަކަތަކާއި ކަންތަކއި ދުރު ހެލިވުން            
o އާޚިރަތުގެ ކަންތަކަށްވުރެ ބޮޑަށް ދުނިޔޭގެ އެއްވެސް ކަމަކަށް އިސް ކަން ނުދިނުން.            
o ފިރިމީހާގެ/އަނބިމީހާގެ ޙައްޤުތަކަށް ފަރުވާތެރިވުން            
o މުސްލިމު އަޚެއް ނުވަތަ އުޚުތެއް ދެރަވެދާނެ ފަދަ ބަހެއް ނުވަތަ ކަމެއް ނުކުރުން            
o ޙަރާމް ކަންތައް ކުރެވޭ ތަންތަނުގައި ޙާޟިރުވެ ނުހުރުން            
o މައިންބަފައިން ނުރުހޭފަދަ އެއްވެސް ކަމެއް ނުކުރުން            



RADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން