· ރޯދަ ވީއްލުމަށްޓަކައި ކަދުރު ނުވަތަ ފެން ހިފައިގެން ތައްޔާރުވެ އިނުން. (ފިރިހެނުން މިސްކިތުގައި)
· ރޯދަވީއްލުމާ ހަމައަށް ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވެ އިނުން. (ނުވަތަ ދުޢާއާއި ޛިކުރުގައި)
· ބަންގީގެ އަޑަށް ވަގުތުން ރޯދަ ވީއްލުން ( اللَّهُمَّ لَكَ صُمْتُ وَعَلَيْكَ تَوَكَّلْتُ وَعَلَى رِزْقِكَ أَفْطَرْتُ ) އޭ ﷲ އިބައިލާހަށްޓަކައި އަޅު ރޯދަ ހިފައިފީމޭ. އަދި އިބައިލާހަށް އަޅު ވަކީލު ކުރީމޭ. އަދި އިބައިލާހުގެ ރިޒުޤުން އަޅު ރޯދަވީއްލީމޭ.
· އަވަސް އަވަހަށް ރޯދަ ވީއްލައި، މަޣްރިބު ނަމާދުގެ ޖަމާޢަތަށް އިމާމާގެ ފުރަތަމަ ތަކުބީރުގައި ބައިވެރިވުން
· ނަމާދަށްފަހު ޛިކުރުތަސްބީޙައާއި ދުޢާއިން ނިމިގެން ރަވާތިބު ސުއްނަތް ކުރުން
· ޢިޝާ ނަމާދަށް ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ދިޔުމަށް ގަދައަޅާ މަސައްކަތް ކުރުން
· މިސްކިތަށް ވަދެ އިށީނުމުގެ ކުރީގައި މަސްޖިދު ސުއްނަތް ކުރުން
· ޢިޝާ ނަމާދުގެ ފަހުން ތަރާވީޙު ނަމާދު ޖަމާޢަތުގައި މުޅި ރޯދަމަހު އެއްމެ ރެއެއްވެސް ދޫ ނުކޮށް ކުރުމަށް ގަދައަޅާ މަސައްކަތް ކުރުން
· ތަރާވީޙް ނަމާދާއި ވިތުރިއަށްފަހު ނިދުމާއި ދެމެދު ގިނައިރު ނުކޮށް އަވަހަށް ނިދުން
· ނިދުމުގެ ކުރީގައި ދަތްއުނގުޅުމާއި، ވުޟޫކުރުން. އަދި ސަތޭކަ ފަހަރު (أَسْتَغْفِرُ اللَّهَ رَبِّي مِنْ كُلِّ ذَنْبٍ وَأَتُوْبُ إِلَيْهِ) އަޅު ހައްދަވާ ގެންގުޅުއްވާ އަޅުގެ ވެރިއިލާހުގެ ޙަޟްރަތުން އަޅު އެއްމެހާ ފާފަ ފުއްސެވުން އެދެމޭ. އަދި އެއިލާހުގެ މަގަށް އެނބުރިގަންނަމޭ. ކިޔުން
· ދަމު ނަމާދަށް ތެދުވުމަށް ގަދައަޅާ މަސައްކަތް ކުރުން
· ޖަމާޢަތުގައި ދަމުނަމާދު ކުރުމަށް ގަދައަޅާ މަސައްކަތް ކުރުން
· ހާރުކެއުން ވީހާވެސް ފަސްކުރުން
· ފަތިސްނަމާދު ޖަމާޢަތުގައި ކުރުން
· ފަތިސްނަމާދަށްފަހު ޛިކުރު ތަސްބީޙައާއި ދުޢާ ކުރުން (ޤުރްއާނުން މިންވަރެއް ކިޔެވުން)
· މެންދުރުނަމާދު ބަންގީގެ ކުރިން މިސްކިތަށް ދެވޭތޯ މަސައްކަތް ކުރުން
· މެންދުރު ނަމާދުގެ އިހުސުއްނަތާއި ފަހު ސުއްނަތަށް ރައްކާތެރިވުން
· ޖަމާޢަތުގެ އިތުރުކަން ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުން
· މެންދުރު ނަމާދަށްފަހު ކުޑައިރުކޮޅަކު ޛިކުރާއި ދުޢާގައި ނުވަތަ ޤުރްއާން ކިޔެވުމުގައި މިސްކިތުގައި މަޝްޣޫލުވެ މަޑުކުރުން. (ނުވަތަ ގޭގައި)
· ކަމެއް ނެތްނަމަ ލޮލާއި ކަންފަތް ސަލާމަތް ކުރުމަށް ގަދައަޅައިގެން ނިދާލުން
· ޢަޞްރު ނަމާދުގެ ވަގުތަށް ޙުރުމަތްތެރިކޮށް ހިތައި ޖަމާޢަތުގައި ނަމާދު ކުރުމަށް ފަރުވާތެރިވުން
· ޢަޞްރު ނަމާދަށްފަހު ޛިކުރާއި ދުޢާގައި ނުވަތަ ޤުރްއާން ކިޔެވުމުގައި މަޝްޣޫލުވުން.
· ގޭގެ މީހުންނަށް ކަންފަސޭހަ ކޮށްދިނުމުގައި އުޅޭއިރުވެސް ލޮލާއި ކަންފަތް އަދި ދޫ ރައްކާކުރުން
· ރޯދަ ވީއްލުމަށްޓަކައި އިސްވެ ދެންނެވިފައިވާގޮތަށް ތައްޔާރުވުން.
|