##siteName##


ރޯދަފަރުޟުކުރެއްވިކަމުގެ ދަލީލު

Category »  ރަމަޟާންމަހާއި ފިޤުހު
Saturday, April 25, 2009
ލިޔުއްވީ : އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

ކީރިތި ޤުރުއާން

ރަމަޟާންމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމަށް ކީރިތި ޤުރުއާނާއި ، ކީރިތި ރަސޫލާގެ ސުންނަތާއި އުންމަތުގެ އިޖުމާޢުގައި އައިސްފައިވެއެވެ. ކީރިތި ޤުރުއާން:
(( يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ)) البقرة: 183 މާނައަކީ " އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމައްޓަކައެވެ. ''


ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތް

ކީރިތި ރަސޫލާގެ ވަރަށް ގިނަ ޙަދީޘްފުޅުތަކުގައި ރޯދައާ ބެހޭގޮތުން ވާރިދުވެފައިވެއެވެ. އޭގެތެރޭގައި އެންމެ މަޝްހޫރު ޙަދީޘްތަކުގެ ތެރެއިން ޙަދީޘެއް މިތަނުގައި ބަޔާންކޮށްލާނަމެވެ.
قال رسول الله صلى الله عليه وسلم : (( بني الإسلام على خمس، شهادة ألا إله إلا الله و أن محمدا رسول الله، و إقام الصلاة، و إيتاء الزكاة، و صيام رمضان، وحج البيت . ))

މިބަސްފުޅުގެ މާނައަކީ : '' އިސްލާމްދީން ބިނާވެފައިވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ، ﷲގެ އެއްކައުވަންތަކަމަށް ހެކިވުމާއެކު މުޙަންމަދުގެފާނީ ﷲ ގެރަސޫލާކަމަށްހެކިވުމާއި، ނަމާދުޤާއިމުކުރުމާއި، ޒަކާތްދިނުމާއި. ރަމްޟާން މަހު ރޯދަހިފުމާއި، ގެފުޅައް ޙައްޖުވުމެވެ.''

 

އުންމަތުގެ އިޖުމާޢު

މުހަންމަދު ނަބިއްޔާގެ ނަބަވީ ޙަޔާތުންފެށިގެން އަދާހަމައަށް، ރޯދަމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމާއި، އެއީ އިސްލާމްދީނުގެ އެއްރުކުންކަމުގައްޔާއި، އެއަށް އިންކާރުކުރާމީހާއަކީ ކާފިރުވެ މުރުތައްދުވެ އިސްލާމުންގެ މިއްލަތުންބޭރުވެފައިވާމީހެއްކަމަށް މިއުންމަތް އިޖުމާޢުވެފައިވެއެވެ.

ރޯދަ ފަރުޟުކުރެއްވުނީ ހިޖުރައިން ދެވަނައަހަރު ޝަޢްބާންމަހުގެ ދެވަނައަށްވީ ހޯމަދުވަހު އެވެ.

 RADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން