##siteName##


ރޯދައިގެ ކައްފާރާ

Category »  ރަމަޟާންމަހާއި ފިޤުހު
Saturday, April 25, 2009
ލިޔުއްވީ : އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

ރަމަޟާން މަހު ދުވާލު ޝުބުހައެއްނެތި ޖިމާޢުކޮށް ރޯދަ ފާސިދުކުރިމީހާގެ މައްޗައް އެރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދިނުން ވާޖިބުވާ ހުއްޓެވެ. ފަހެ ޖިމާޢުވުން ނޫންކަމަކުން ރޯދަގެއްލުވާލައިފިމީހާގެ މައްޗަށް ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ.

މިގޮތުން އަމިއްލައަށް އެދުންފުއްދުމުގެ ސަބަބުން މަނިބޭރުވިޔަސް ނުވަތަ، ތަނެއްބަލައިގެން ނުވަތަ، ފިކުރުކުރުމުގެ ސަބަބުން ބޭރުވިޔަސް ކައްފާރާއެއް ދޭންކަން ނުޖެހޭނެއެވެ. އެމީހާގެ މައްޗައް ވާޖިބުވެގެންވަނީ އެރޯދަ ޤަޟާކުރުމެވެ. އެހެނީ ކައްފާރާ އަކީ ހަމަ އެކަނި ރޯދަމަހުގެ ޙުރުމަތް ކަނޑައި ޤަސްތުގައި ޖިމާޢުވާ މީހާގެ މައްޗަށް އޮތް ކަމެއްކަމުގައި ނައްޞުގައި ވާތީއެވެ. އެނޫން ކަމަކުން ކައްފާރާ ދޭންޖެނޭނެ ކަމެއް އައިސްފައިވާކަމަށް އެނގިފައެއް ނުވެއެވެ.

ނަދުރު ރޯދައާއި، ރަމަޟާންމަހުގެ ޤަޟާރޯދަފަދަ، ރަމަޟާންމަސް ނޫން މަހެއްގައި ހިފާ ފަރުޟުރޯދައެއް ނުވަތަ ސުންނަތް ރޯދައެއް ޖިމާޢުވުމަކުން، ފާސިދުކުޅަޔަސް ކައްފާރާއެއް ވާޖިބެއްނުމެނޫނެވެ. 

އަދި ދަތުރު ވެރިޔާ ރޯދައަށް ހުރެފައި ޤަސްތުގައި ޖިމާޢުވިޔަސް އެއްމެ ޞައްޙަކަން ބޮޑު ބަހުގައި ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ.

ރޯދައަށް ހުރެފައި ހަނދާންނެތިވެގެން ކައުމަށްފަހުގައި އެކަމުން ރޯދަގެއްލިދާނެކަމަން ހީވެ، ޖިމާޢުވުމުންނާއި، ނުވަތަ ރޯދައަށް ނިޔަތް ގަތުމަށްފަހު ފަޖުރުނުލާކަމަށް ހީކޮށް ޖިމާޢުވީ ފަހުން ފަޖުރުލައްޖެކަންއެކިއްޖެނަމަވިޔަސް ކައްފާރާ ދިނުން ވާޖިބު ނުވާހުއްޓެވެ. 

ދަންނާށެވެ! ރަމަޟާން މަހުގައި ރޯދައަށް ހުރެ ކުރާ ޝުބުހައެއްކަމުގައިވާ ޖިމާޢުއަކީ ރޭގަނޑުން ބައެއް ހުރިކަމާއި، ފަޖުރުލައްޖެކަމާއިމެދު ޝައްކުވާޙާލުގައި ކުރާ ޖިމާޢު ފަދަ ޖިމާޢުއެވެ. ދެންފަހެ އެންމެ ޞައްޙަ ބަހުގައި ޖިމާޢުވުމުގައި ކައްފާރާ ދިނުންހުރީ ފިރިހެނާގެ މައްޗަށެވެ.

ފަހެ ރޯދަމަހުގައި ޢަމްދުން ގަސްތުގައި  ރޯދަ ވިއްލައިފިނަމަ ދެން ބާކީ އޮތްބައިގައި އިމްސާކަށް ހުރުމާއެކު އެރޯދަ ޤަޟާކުރުން ވާޖިބުވާހުއްޓެވެ.

އަދި ހަމަ އެހެންމެ ރަމަޟާންމަހުގެ ރޯދައަށް ރޭގަނޑު ނިޔަތްގަތުން އަޅައިފިމީހާގެ މައްޗަށާއި، އިރުއޮއްސިޖޭހިތައި ރޯދަވީލި މީހާގެ މައްޗަށާއި، ޝަޢްބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރޯދަމަހުގެ އެއްވަނަ ދުވަސްކަން އެމީހާއަށް ބަޔާންވެއްޖެމީހާގެ މައްޗަށާއި ، އަނގަޔަސް ނުވަތަ ނޭފަތައް ފެންލުމުގައި މުބާލަޣާ ކުރުމުގެ ސަބަބަނުން އެތެރެހައްޓައް ފެން އިސްވެގެން ފައިބައްޖެމީހާގެ މައްޗަށާއި، މިއެންމެންގެ މައްޗައް އެފާއިތުވީ ރޯދަ ޤަޟާކުރުމާއެކު، ދުވަހުން ބާކޯ އޮތްބައިގައި އިމްސާކަށް ހުރުން ހުއްޓެވެ. މިހެނީ މިއިން ކޮންމެ ކަމެއް ވެދިޔައީ އެމީހާގެ އިހުމާލުންނެވެ.  و الله أعلم



RADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން