ރަމަޟާންމަހު ޢުމްރާ ރޯދަމަހު ކުރާ ޢުމްރާގެ މާތްކަން [މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 846 ފަހަރު]
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެން ވެއެވެ. އަންޞާރިއްޔަ ބޭކަނބަލުންގެ ތެރެއިން ބޭކަނބަލަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ތިބާ ތިމަންމެންނާއެކީ ޙައްޖު ނުވީ ކީއްވެ ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ތިމަންމެންގެ އަތުގައި އޮތީ އެންމެ 2 ސަވާރީއެވެ. ތިމަންކަމަނާގެ ފިރިކަލުން އެއް ސަވާރީގައި ޙައްޖަށް ވަޑައިގަތެވެ. އަނެއް ސަވާރީ އަހަރެމެން ދަނޑަށް ފެންދިނުމަށް ބޭއްވީމެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. ރަމަޟާންމަސް އަތުވެއްޖެނަމަ، ފަހެ ތިބާ ޢުމްރާ ކުރާށެވެ. ފަހެ ހަމަކަށަވަރުން އެމަހުގައި ކުރެވޭ ޢުމްރާ (ސަވާބާއި ދަރުމައިގެ ގޮތުން) ޙައްޖަކާ އެއްވަރުވެގެން ވެއެވެ. މުސްލިމްގެ ރިވާޔަތުގައި ވެއެވެ. ފަހެ ހަމަކަށަވަރުން އެމަހުގައި ކުރެވޭ ޢުމްރާ (ސަވާބާއި ދަރުމައިގެ ގޮތުން) ޙައްޖަކާ އެއްވަރުވެގެން ވެއެވެ. މުސްލިމްގެ ރިވާޔަތުގައި ވެއެވެ. |