ރަމަޟާން ސުވާލާއި ޖަވާބު ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުން ހުއްދަވާނެތޯއެވެ؟ [މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1284 ފަހަރު]
ރޯދައަށްހުރެ ދަތްއުނގުޅުން ހުއްދައެވެ. ނަމަވެސް ދަތްއުނގުޅާއިރު ކުޅު ދިރުވިދާނޭކަމަށް ފަރުވާ ބަހައްޓަންވާނެއެވެ. އިރު މެދުޖެހުމަށްފަހު ދަތްއުގުޅުން މަކްރޫހަކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވީ ކަމުގައިވިއަސް އެކަމާބެހޭ ދަލީލެއް އައިސްފައި ނެތުމުން މަކްރޫހަކަމެއް ކަމުގައި ނުބެލެވޭނެއެވެ. އެއާ ޚިލާފަށް ޙަދީޘްގައި އައިސްފައިވަނީ ދަތްއުނގުޅުމަކީ އަނގައިގެތެރެ ސާފުތާހިރު ކުރުވާ، އަދި ކަލާނގެ ލޯބިވެ ވޮޑިގެންވާ ކަމެއްކަމުގައެވެ. |