##siteName##

ރަމަޟާންމަހާއި ފިޤުހު
ފަރުޟު ރޯދައިގެ ޝަރުޢީ ޙުކުމްތައް - ފެށުން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1230 ފަހަރު]

މިހެންކަމުން، ރޯދަ މަސް ގާތްވަމުން އަންނާތީވެ، އަޅުގަނޑު މި މަޒްމޫނު ޚާއްޞާކޮށްލާނީ ރޯދައާއި އޭގެ ބައެއް ޙުކުމުތަކާއި، އަދި ފިޠުރު ޒަކާތުގެ މައްޗައް ވެސް ކޮންމެވެސް ވަރަކަށް އަލި އަޅުވާލެވޭތޯ މަސައްކަތް ކުރާހުށީމެވެ. މާތް ﷲގެ ޙަޟްރަތުން ތައުފީޤް އެދޭ ޙާލުގައި ފަށަމެވެ.

ރަމަޟާންމަހާއި ފިޤުހު
ރޯދައިގެ ތަޢުރީފް އަދި ރޯދައިގެ ޝަރުޢީ މާނަ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 676 ފަހަރު]

ރޯދަ " އަކީ ޢަރަބި ލަފުޒެއް ކަމުގައިވާ 'الصيام ' މިލަފްޒުގެ ދިވެހި މާނައެވެ. ޢަރަބި ބަހުގައި މިލަފްޒުގެ މާނައަކީ ހަނުހުރުމެވެ. މިލަފްޒު ހަނުހުރުމުގެ މާނައިގައި ކީރިޤުރުއާނުގެ މަރްޔަމްސޫރަތުގެ 26 ވަނަ އާޔަތުގައި ﷲ ތަޢާލާ މަރްޔަމްގެފާނަށް ވަޙީކުރެއްވި މިބަސްފުޅުއައިސްފައިވެއެވެ.

ރަމަޟާންމަހާއި ފިޤުހު
ރޯދަފަރުޟުކުރެއްވިކަމުގެ ދަލީލު
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 517 ފަހަރު]

البقرة: 183 މާނައަކީ " އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމައްޓަކައެވެ. ''

ރަމަޟާންމަހާއި ފިޤުހު
ރަމަޟާންމަހާއި އެމަހުގެ ރޯދައިގެ މާތްކަން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 664 ފަހަރު]

'' ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތައް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗައް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ، އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ، އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެންހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ. ''

ރަމަޟާންމަހާއި ފިޤުހު
ރޯދަ ވާޖިބު ވުމުގެ ޝަރުޠުތައް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 520 ފަހަރު]

މިހެންކަމުން، ކާފިރުމީހާއާއި، ކުޑަކުއްޖާއާއި، މޮޔަމީހާއާއި، މަސްތުވެފައިވާ މީހާއާއި، މުސްކުޅިކަންބޮޑުކަމައްޓަކައްޔާއި، ފަސޭހަނުވާފަދަ ބައްޔެއްހުރިކަމަށްޓަކައި ރޯދަ ހިފުމަށް ނުކުޅެދިފައިވާ މީހާއާއި، ދަތުރުވެރިޔާއާއި މިބުނެވުނު އެންމެންގެ މައްޗައް ރޯދަ ވާޖިބު ނުވާހުއްޓެވެ.

ރަމަޟާންމަހާއި ފިޤުހު
ރޯދަ ޞައްޙަ ވުމުގެ ޝަރުޠުތައް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 496 ފަހަރު]

ރޯދަ ޞައްޙަވުމުގެ ޝަރުޠު ތަކަކީ : 1- އިސްލާމަކު ކަމުގައިވުން. 2- ބުއްދިނުފިލައިހުރުން.

ރަމަޟާންމަހާއި ފިޤުހު
ރޯދައިގެ ރުކުންތައް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 745 ފަހަރު]

ރޯދައިގެ ރުކުންތައް ތިނެކެވެ. 1- ފަރުޟު ރޯދައަށް ރޭގަނޑު ނިޔަތްގަތުން. 2- ހިފާރޯދަ ޢައްޔަންކުޅައުން (

ރަމަޟާންމަހާއި ފިޤުހު
ރޯދަ ފާސިދުކުރާކަންތައްތަކާއި އެއާއި ގުޅިފައިވާ އެހެނިހެން ބައެއް ޙުކުމްތައް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 472 ފަހަރު]

ދެންފަހެ ރޯދަ ގެއްލޭ ކަންކަމުގެ ތެރޭގައި ހަށިގަނޑައް އެއްޗެއް ވާސިލުވާންހުރި ދޮރުތަކުގެތެރެއިން ދޮރަކުން އެއްޗެއްމީހާގެ އެތެރެހައްޓައް ވާސިލުވެއްޖެނަމަ ރޯދަގެއްލިދާހުއްޓެވެ.

ރަމަޟާންމަހާއި ފިޤުހު
ރޯދައިގެ ކައްފާރާ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 915 ފަހަރު]

ރަމަޟާން މަހު ދުވާލު ޝުބުހައެއްނެތި ޖިމާޢުކޮށް ރޯދަ ފާސިދުކުރިމީހާގެ މައްޗައް އެރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދިނުން ވާޖިބުވާ ހުއްޓެވެ. ފަހެ ޖިމާޢުވުން ނޫންކަމަކުން ރޯދަގެއްލުވާލައިފިމީހާގެ މައްޗަށް ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ.

ރަމަޟާންމަހާއި ފިޤުހު
ރަމަޟާންމަހުގައި ނުހިފައި ދޫކޮށްލާ ރޯދަ
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 586 ފަހަރު]

ރަމަޟާންމަހުގައި ވީއްލާރޯދަ ހައެކެވެ. އެއީ : 1- ރޯދަވީއްލުންވާޖިބުވެ އެވީއްލި ރޯދަ ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. އެއީ ޙައިޟުވެރިޔާއާއި، ނިފާސްވެރިޔާގެ ރޯދައެވެ. 2- ޤަޟާކުރުންވާޖިބުވުމާއެކު ވީލަން ހެޔޮވާ ރޯދައެވެ. އެއީ ދަތުރުވެރިޔާގެ ރޯދައާއި، ބަލިމީހުންގެ ރޯދައެވެ. ........

Page Number :   1 2 > 

RADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން