##siteName##

ރަމަޟާންމަހުގެ ފުރަތަމަ ދިހަ
އަހަންނަކީ ވަގުތީ މެހުމާނެއް...
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1065 ފަހަރު]

އަނެއް ހޯދަން ވަރަށް ގިނަ ގޭގެއަށް ދިޔައިން. ވަރަށް މަތީ އަގުދޭންވެސް އެއްބަސް ވިން. ނަމަވެސް ދަހިމީހުންނާއި އަބާއްޖަވެރިން އަހަރެންނަށް އެމީހުންގެ ގެތަކުން ތަނެއް ނުދިން. މުއްސަނދިންނާއި ޖާހިލުން ( ތަންދޮރު ނުދަންނަ މީހުން ) އަހަރެންނަށް ދެއްކީ ކުނި މޫނު. އެކަމަކު އަހަރެން ހިތްވަރު އެލުވައެއް ނުލަން. އަހަރެންގެ މަޤާމް އެނގޭ އަހަރެން ދެކެ ލޯބިވާ މީހުން ފެނޭތޯ މަސައްކަތް ކުރިން. އެފަދަމީހުންނާ މިހާރު ބައްދަލުވެއްޖެ. އެއީމުއުމިނުން. ހެޔޮޢަމަލު ކުރާ މީހުން.

ރަމަޟާންމަހުގެ ފުރަތަމަ ދިހަ
ހަމައެކަނި މިއުއްމަތަށް ރޯދަމަހު ލިބިގެންވާ ޚާއްޞަ 5 ކަމެއް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1016 ފަހަރު]

" ކުރީގެ އުއްމަތްތަކަށް ދެވިފައިނުވާ ފަސް ކަމެއް ރަމަޟާންމަހުގައި ތިމަންކަލޭގެފާނުގެ އުއްމަތަށް ދެވިފައިވެއެވެ. ރޯދަވެރިޔާގެ އަނގައިގެ ވަހަކީ ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެމީރުވަސް ގަދަވެގެން ވެއެވެ. އަދި ރޯދަ ވީއްލުމަށް ދާންދެން ރޯދަވެރިންނަށްޓަކައި ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާ ކުރެއްވައެވެ. އަދި ކޮންމެ ދުވަހަކު ﷲ ސުވަރުގެ ޒީނަތްތެރި ކުރައްވުމާއެކު ...

ރަމަޟާންމަހުގެ ފުރަތަމަ ދިހަ
ކުއްލިއަކަށް ރަމަޟާން މަސް އައުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 667 ފަހަރު]

އަހަރެން ވިސްނާލީމެވެ. ބަރަކާތްތެރި ރަމަޟާންމަހާ މުޢާމަލާތް ކުރުމުގައި އަހަރެންގެ ޙާލާމެދުގައެވެ. އެ މަސް އަހަރެންނާ ވަކިވެގެން ދިޔައިރު އަހަރެން ވަނީ އެމަހާމެދު ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފައެވެ. ހެޔޮކަންތައް ކުރުމުގައި ކަންނެތް ވީމެވެ. އަހަރެން ފިޔަވައި އެހެން މީހުން އެތަކެއް ފަހަރު ޤުރުއާން ޚަތިމް ކޮށް ކިޔަވައިފިއެވެ. އަހަރެންނަށް

ރަމަޟާންމަހުގެ ފުރަތަމަ ދިހަ
ރަމަޟާން މަސް: ހެޔޮކަންތައްތަކުގެ ބަހާރު މޫސުން އައުން - 2
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1108 ފަހަރު]

ރަމަޟާން މަހަކީ، ރަޙުމަތްވަންތަކަމާއި ބަރަކާތްތެރިކަމާއި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީލަތިކަމާއި ދެއްވުންތަކުން ފުރިގެންވާ މަތިވެރި މައްސަރެވެ. އީމާންކަމުގެ އަހުލުވެރިން މުޅި އަހަރު މިމަތިވެރި މަހަށް އިންތިޒާރު ކުރުމުގައި ރެއާދުވާލު ގުނަމުންދެއެވެ. އަދި މިމަހުގެ އިސްތިޤުބާލަށްޓަކައި އުއްމީދުން ފުރިގެންވާ ތަނަވަސް ހިތަކުން ފާރަލުމާއެކު ބަލަބަލާ ތިބެއެވެއެވެ. މިމަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުން އޮހެމުން ދެއެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދިހަ
ރަމަޟާން މަސް: ހެޔޮކަންތައްތަކުގެ ބަހާރު މޫސުން އައުން
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 592 ފަހަރު]

ރަޙުމަތާއި ފާފަފުއްސެވުމާއި، އަޅުކަމާއި، ދަރުމައިގެ ބަހާރު މޫސުން އަހުރަމެންނާ ކުރިމަތިލައިފިއެވެ. އެއީ ހިދާޔަތާއި ތެދުމަގުގެ ދާއިމީ ޚަޒާނާ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުގެ ދެމިގެންވާ ދަސްތޫރު، ކީރިތި ރަސޫލާ (صلى الله عليه و سلم) ގެ އެންމެ މަތިވެރި މުޢުޖިޒާ، މަތިވެރި އިލާހު، ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެންމެ ފަހުގެ ފޮތް، ކީރިތި ޤުރްއާން ބާވާލެއްވުނު ބަރަކާތްތެރި ރަމަޟާން މަހެވެ.

Page Number :  

RADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން