##siteName##

ރަމަޟާންމަހަށް ތައްޔާރުވުން
ހަމައެކަނި މި އުއްމަތަށް ރަމަޟާން މަހު ލިބިގެންވާ ފަސްކަމެއް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2228 ފަހަރު]

ކުރީގެ އުއްމަތްތަކަށް ދެވިފައިނުވާ ފަސް ކަމެއް ރަމަޟާންމަހުގައި ތިމަންކަލޭގެފާނުގެ އުއްމަތަށް ދެވިފައިވެއެވެ. ރޯދަވެރިޔާގެ އަނގައިގެ ވަހަކީ ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެމީރުވަސް ގަދަވުން، ރޯދަ ވީއްލުމަށް ދާންދެން ރޯދަވެރިންނަށްޓަކައި ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާ ކުރެއްވުން އަދި ކޮންމެ ދުވަހަކު ﷲ ސުވަރުގެ ޒީނަތްތެރި ކުރައްވުމާއެކު ވަޙީ ކުރައްވަތެވެ.

ރަމަޟާންމަހަށް ތައްޔާރުވުން
ރޯދަމަހަށް ތައްޔާރުވުން!
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2374 ފަހަރު]

މި މާތް މަހަށް މަރުޙަބާ ކިޔާ ތައްޔާރީވުމުގައި މީސްތަކުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭގެ ފަރުނީޗަރު ބަދަލުކޮށް، ބަދިގެ ސާމާނު ހޯދައި، ޓީވީން ރޯދަމަހަށް ޙާއްޞަކޮށްގެން ފޮނުވަން ހަމަޖެހިފާ ހުރީކޮން މުނިފޫހިފިލުވުމުގެ ޕޮރުގުރާމުތަކެއްތޯ ބަލައި އެއަށް ވަޤުތުހުސްކުރާ މީހުންނެވެ.

ރަމަޟާންމަހަށް ތައްޔާރުވުން
ހެޔޮނަސީބާއި ބަދުނަސީބު
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2463 ފަހަރު]

ބަރަކާތްތެރި ރަމަޟާން މަސް އޭގެ އެންމެހާ އަޅުކަންތަކާއި، ރަޙުމަތާއި، ފާފަފުއްސެވުމާއި، ދަރުމައާ އެކު އަޅުގަނޑުމެންނާ ކުރިމަތިލައިފިއެވެ. ރަޙުމަތުގެ ދިހައަކާއި ފާފަފުއްސެވުމުގެ ދިހައަކާއި ނަރަކައިން މިންޖުވުމުގެ ދިހައެއް، އެމަހުގެ ތެރޭގައި އަޅުގަނޑުމެނާ ބައްދަލުކޮށް އަލްވަދާޢު ކިޔަމުންދާނެއެވެ. ބާއްޖަވެރި، ހެޔޮނަސީބުގެ އަހުލުވެރިބަޔަކީ ޢާންމު ދުވަސްތަކާއި ޚިލާފަށް ރަމަޟާން މަހުގެ ދުވަސްތައް ހެޔޮ ބަދަލުތަކަކާ އެކު ހޭދަކުރާ މީހުންނެވެ.

ރަމަޟާންމަހަށް ތައްޔާރުވުން
ތައުބާވެ ފާފަތަކުން ޠާހިރުވެގެންވާ ޙާލު ރަމަޟާންމަހާ ކުރިމަތިލާށެވެ!
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2607 ފަހަރު]

ރަމަޟާންމަހަކީ ހުރިހާ ހެޔޮ ކަމަކާއިގެން މުއުމިނު އަޅުތަކުންނާ ބައްދަލު ކުރާ މަހަކަށް ވާއިރު މިމަހުގެ ބަރަކާތާ ޘަވާބަށް އެދޭމީހާ ކުށްފާފައިން ޠާހިރުވާން ޖެހޭނެއެވެ. މިގޮތުން މިމަސް އައުމުގެ ކުރިންނާއި މިމަހުގެ ދުވަސްތަކުގައި ގިނަގިނައިން ފާފަތަކަށް އިޢުތިރާފްވެ ތައުބާވާންޖެހޭނެއެވެ.

ރަމަޟާންމަހަށް ތައްޔާރުވުން
ރޯދަ ހިފަނީ ކީއްވެ؟
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1847 ފަހަރު]

ކޮންމެ ކަމެއް ކުރާ އިރުވެސް އެކަމެއްގެ މަޤްޞަދު ފާހަގަވެ އެނގެން އޮންނަނަމަ އެކަމެއް ކުރަން ފަސޭހަ ވެއެވެ. އަދި އެއީ އެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް މަސައްކަތް ކުރުމަށް އިތުރު ބާރެއް ލިބޭ ކަމެކެވެ. ރޯދަ އެއީ ތިބާގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ލަނޑުދަނޑިތައް ފާހަގަކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ރަމަޟާންމަހަށް ތައްޔާރުވުން
ރޯދައިން ލިބޭ ބައެއް ފިލާވަޅު
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1946 ފަހަރު]

އެހެނިހެން އަޅުކަންތަކާ އަޅާބަލާއިރު ރޯދައަކީ ވަރަށް ތަފާތު އަޅުކަމެކެވެ. ރޯދަފިޔަވައި އެހެން ހުރިހާ އަޅުކަމެއްވެސް އަދާ ކުރެވެނީ ޢަމަލަކުންނެވެ. ނަމަވެސް ރޯދައަށް ހުރުމަކީ ވަކި ކަންތައްތަކެއް ނުކޮށް ދޫކޮށްލައިގެން ހުންނަ ހުރުމެކެވެ. ތިމާ ހުރީ ރޯދައަށޭ ބުނެ ސިއްރުން ކައިބޮއި ހެދިކަމުގައި ވިޔަސް ދެންތިބޭ މީހުންނަށް އެކަން އޮންނާނީ ވަންހަނާ ވެފައެވެ. ނަމަވެސް ރޯދަވެރިޔާ ކެއުމާއި ބުއިން އަދި އެނޫންވެސް ރޯދަގެއްލޭ އެންމެހާ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ ﷲ ގެ ރުއްސަވާ ވޮޑިގަތުން ލިބުމަށެވެ. ރޯދަވެރިޔާއަށް ވަކި ޚާއްޞަ ދަރުމައަކާއި ޘަވާބެއް ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައިވަނީ އެހެންވެއެވެ.

ރަމަޟާންމަހަށް ތައްޔާރުވުން
މިއީ އެންމެ ފަހުގެ ރޯދަމަހަށް ވެދާނެއެވެ...؟؟؟
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2866 ފަހަރު]

މުސްލިމުން ރޯދަމަހަށް އިސްތިޤްބާލު ކުރުމުގެ މަގުމަތީގައި ވާއިރު، އެބައިމީހުންގެ ޙާލާއިމެދު ބަލާލި ކޮންމެ މީހެއްގެ ލޮލުން އަންނާނީ ލޭގެ ކަރުނައެވެ. އެބައިމީހުންނާ ބައްދަލު ކުރުމަށް އަހަރަކު އެއްފަހަރު އަންނަ ރަޙުމަތާއި ބަރަކާތުން ފުރިގެންވާ މައްސަރާއި ބައްދަލު ކުރުމުގެ އެއްވެސް ޖޯޝެއް އެބައިމީހުންގެ ކިބަޔަކު ނެތެވެ. ނޫނެކެވެ. ޖޯޝު އެބަހުއްޓެވެ.

ރަމަޟާންމަހަށް ތައްޔާރުވުން
ރަމަޟާން މަސް ހޭދަކުރާނީ ކިހިނެއް؟
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1755 ފަހަރު]

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ކުރިމަތިލާން ތައްޔާރުވަމުން އެބަދެއެވެ. ބަރަކާތްތެރި މިމަހަކީ އޭގެ ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާ ހަމަޔަށް ހެޔޮކަމުން ފުރިގެންވާ މަހަކެވެ. ރަޙުމަތުގެ ދިހައަކާއި ފާފަފުއްސެވުމުގެ ދިހައަކާއި ނަރަކައިން މިންޖުވުމުގެ ދިހައަކާއެކު އުފާކުރަނިވި، ހިނުވަރުނަވި މޫނަކާއެކު މިމަސް އަޅުގަނޑުމެނާ ބައްދަލުކުރައެވެ. ބާއްޖަވެރިންނަކީ، ކާމިޔާބީގެ އަހުލުވެރިންނަކީ، މަތިވެރި މާތް ރަމަޟާން މަހުގެ ދުވަސްތައް ހެޔޮ ބަދަލުތަކަކާ އެކު ހޭދަކޮށް، ރޯދައިގެ ޙަޤީޤީ މަގުސަދު ކަމަށްވާ "ތަޤުވާވެރިކަން" ހާސިލުކުރާ މީހުންނެވެ.

Page Number :  

RADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން