##siteName##

ރަމަޟާންމަހާ އަލްވަދާޢު ކިޔުން
ރަމަޟާން މަސް ނިމުމަށްފަހު ހެޔޮކަންތައް މަތީ ދެމިހުރުމަށްޓަކައި ...
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 809 ފަހަރު]

ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔުމަށްފަހު، އަޅުކަން އަދާކުރުމުން ހިތަށް ލިބެމުން ދިޔަ ފޮނިކަމާއި އަރާމު މިހާރު ނެތިގެންދާން ފަށައިފިއެވެ. ރަމަޟާން މަހުގައި އަޅުކަން އަދާކުރުމަށް އެ ހުރި ފޯރިއެއް މިހާރަކު ނެތެވެ. އަދި ގިނަފަހަރަށް ފަތިސްނަމާދު ޖަމާޢަތުގައި ނުކުރެވެއެވެ. އަދި ރަމަޟާންމަހު އަދާކުރަމުންއައި ސުންނަތް ނަމާދުތަކާއި ޤުރުއާން ކިޔެވުމަށް މެދުކެނޑުމެއް އަތުވެއްޖެއެވެ.

ރަމަޟާންމަހާ އަލްވަދާޢު ކިޔުން
އޭ ރަމަޟާން މަހަށް އަޅުކަން ކުރާ މީހާއެވެ! ރަމަޟާންމަސް ނިމިއްޖެއެވެ!
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 635 ފަހަރު]

އަހަރެމެންގެ ކުރީގައި އުޅުއްވި ޞާލިޙު އަޅުން (ސަލަފުއްޞާލިޙުން)، ރަމަޟާން މަސް އައުމުގެ ހަ މަސް ކުރިއްސުރެ، ހެޔޮގޮތުގައި ހޭދަކުރެއްވުމަށްޓަކައި ރަމޟާންމަސް ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވާކަމުގައި ވެއެވެ. އަދި ރަމަޟާންމަސް ލިބިއްޖެނަމަ، އެ މަހުގެ ރޭތައް އަޅުކަމުގައި، ދުވާލު ރޯދައިގައި ހޭދަ ކުރައްވައެވެ. އެއަށްފަހު، އެމަސް ނިމުމުން، އެމަހުގައި ކުރި އަޅުކަންތައް ޤަބޫލު ކުރެއްވުން އެދި، ޖެހިގެން އަންނަ ހަ މަސްދުވަހު ﷲ އަށް ދުޢާ ދަންނަވާކަމުގައި ވެއެވެ.

ރަމަޟާންމަހާއި ޤުރްއާން
ރޯދަމަހަކީ ޤުރުއާނުގެ މައްސަރެވެ.
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1451 ފަހަރު]

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރޯދަމަހުގައި ތާބިޢީ ބޭކަލުންނާއި އެބޭކަލުންގެ ފަހުންވަޑައިގެންނެވި ބޭކަލުން ޤުރުއާން ކިޔެވުމަށް ސަމާލުކަން ދެއްވާފައިވަނީ ޢަޖައިބުވާފަދަ މިންވަރަކަށެވެ. ޤަތާދާގެފާނު، އާދައިގެ ދުވަސްތަކުގައި ކޮންމެ 7 ރެއަކުން ޚަތިމެއް ކުރައްވައެވެ. އަދި ރޯދަމަސް އަތުވެއްޖެނަމަ ކޮންމެ ތިން ރެއަކުން ޚަތިމެއް ކުރައްވައެވެ. އަދި ރޯދަމަހުގެ ފަހު ދިހަ އައުމުން ކޮންމެ ރެއަކުން ޚަތިމެއް ކުރައްވައެވެ.

ރަމަޟާންމަހުން ދުވަހެއް
ރަމަޟާން މަހުގެ ޢަމަލުތަކުގެ ތަރާދު
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 701 ފަހަރު]

ޢުމަރުބުނުލް ޚައްޠާބު ވިދާޅުވިއެވެ: "ޙިސާބު ބެއްލެވުމުގެ ދުވަސް އައުމުގެ ކުރިން ތިޔަބައިމީހުންގެ ނަފްސުތައް ޙިސާބު ކުރާށެވެ. އަދި ހެޔޮޢަމަލްގެ ބަރުދަން ބެއްލެވޭ ދުވަސް އައުމުގެ ކުރިން ޢަމަލްތަކުގެ ބަރުދަން ބަލާށެވެ." (ތިރްމިޒީ)

ރަމަޟާންމަހަށް އިސްތިޤްބާލުކުރުން
ރަމަޟާން ލިންކު ރޯޑުގެ ޓްރެފިކް ނިޝާންތައް
[މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1096 ފަހަރު]

މަތީގައި އެވަނީ، ރަމަޟާން މަހުގައި ޢަމަލު ބަހައްޓަން ވީ ގޮތް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް. މި ޕޯސްޓަރުގައި ވަނީ ރަމަޟާން މަހުގައި ކުރަން އެދެވިގެންވާ ކަންތައްތަކާއި ކޮށްގެން ނުވާނެ ކަންތައްތައް ޓްރެފިކް ނިޝާން ތަކެއްގެ ގޮތުގައި ހުށަހަޅާ ދީފައި. މި ޕޯސްޓަރު ދިވެހި ބަހަށް ގެނެސް މި ސައިޓުގައި ޖެހުމަށް ހުށަހަޅާފައިވަނީ ނޫރުލްއިސްލާމް ޖަމްޢިއްޔާއިންނެވެ.

RADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން